މ. ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވެ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވަމުންދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

ޝީ ބިލްޑިންގެ ކުރިމަތީގައި ހުންނަ ހައުސްޕްލާޒާ ގެއަކީ މީހުން ނޫޅޭ ގެއެކެވެ. މި ގޭގައި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ސެޕްޓެމްބަރު 6، 2023ގައި ވެސް ހައުސްޕްލާޒާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އަދި މ. ހައުސް ޕްލާޒާގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އޭރު 2 މީހަކު ހައްޔަރުވެސް ކުރިއެވެ.

މީގެއިތުރުން ވެސް އެ ގޭގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެވެ.