ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ދައުލަތުގެ ބަޖެޓުން ގިނަ ހަރަދުތަކެއް ކޮށްފައިވީ ނަމަވެސް އެއީ ނަޝީދަށް ހައްގު މިންވަރުތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ސުވާލު އުފައްދައިފިއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވެފައި ވަނީ ނަޝީދަށް އެހާބޮޑު ހަރަދެއް ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްްގައެވެ.
ރައީސް ނަޝީދު ރާއްޖޭން ބޭރުގައި ބޭސް ފަރުވާ ކުރެއްވުމަށާއި އޭގެ ފަހުން ރާއްޖެ ވަޑައިގެން ހޮޓެލް ޖެންގައި ހުންނެވުމަށް މިހާތަނަށް 2.3 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
ބޮންޑޭ ވިދާޅުވީ ދައުލަތުގެ މާލިއްޔާއަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތް ތަނަވަސް ކޮށްދެއްވީ ރައީސް ނަޝީދު ކަމަށެވެ. 133 ރަށެއްގައި 586 ގެސްޓުހައުސް މިވަގުތު ވެސް ދަނީ އޮޕަރޭޓުކުރަމުން ކަމަށާއި ރަށު ޑައިވިން ސެންޓަރުތަކާއި އެތަކެއް ވަޒީފާތަކެއް ގައުމުގައި އުފައްދާ، ޓެކްސްގެ ނިޒާމުން 100 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ހޯއްދަވައި ދެއްވީވެސް ރައީސް ނަޝީދު ކަމަށެވެ.
މިހާރު ރާއްޖޭގައި ޖުމްލަ 695 ގެސްޓް ހައުސްއެއް އޮޕަރޭޓް ކުރަމުން ދާއިރު ރާއްޖޭގައި ފުރަތަމަ ގެސްޓްހައުސް އެއް ހުޅުވާފައި ވަނީ 2010 ވަނަ އަހަރު ކ.މާފުށީގައެވެ. އެހެންނަމަވެސް ގެސްޓް ހައުސްތަކުން ޓެކްސް ނަގަން ފަށާފައި ވަނީ އޮކްޓޯބަރު 1، 2016އެވެ.
ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނަވައި ބޭސްފަރުވާ ކުރެއްވުމަށް ތިން ފަހަރެއްގެ މަތިން ސަރުކާރުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ބޭސްފަރުވާ ކުރެއްވުމަށް ފަހު އޮކްޓޯބަރު މާލެ ވަޑައިގެން ކޮޕް26 އަށް ފުރާވަޑައިގަތުމާ ހަމައަށް ހޮޓެލް ޖެންގައި ނަޝީދު ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާގެ މަގުން 21 ދުވަހަށް 698،168 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަަށް ބޮޑެތި ޒަހަމްތަކެއް ލިިބުނެވެ. އަދި އެ ހަމަލާ އަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގަތީ ފަސް މަސް ފަހުން މިދިޔަ މަހު 11 ގައެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ނަޝީދު ރާއްޖެ އެނބުރި ވަޑައިގެންނެވި އިރު، އޭގެ ފަހުން އެމަނިކުފާނު ޖެންގައި ހުންނަވަނީ އެމަނިކުފާނު ހުންނެވުމަށް ދައުލަތުން ކަނޑައެޅި ވަގުތީ ގެކޮޅުގެ މަސައްކަތް ނުނިމޭތީ ސެކިޔުރިޓީ ސަބަބުތަކަށެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް 6.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެގޮތުން މަޖިލީހުގައި ރައީސްގެ ކޯޕަރޭޓް ހިދުމަތަށް 3.2 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު ހައުސް ހޯލްޑް ހިދުމަތަށް 2.3 މިލިޔަން ރުފިޔާ އަދި އެ ގެކޮޅުގެ ބިއުރޯ ހިދުމަތްތަކަށް 1.3 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
ބޮންޑޭ އެބުނާ ގޮތުންނަމަ ފޮރިން މިނިސްޓަ ބޭރުގެ އެކިއެކި ގައުމުތަކުން ހޯދާ އެހީގެ ބައެއް ދޭންޖެހޭނީ ފޮރިން މިނިސްޓަރަށް ދޯ
އަޅެ ކަލޭވެސް އެސޮރު އެބޯ އެތި ބޮއެގެން ތިޔަހަރީ ހަމަ އެގޮތްވެފަ.
އަންނިއަކީ މިޤައުމު ފަނާކުރާ މީހާ ތިންއަހަރު ވެރިކަން ކުރިމީހަކަށް ދައުލަތުގެ ފައިސާ ހަލާލެއްނޫން ވަރަށް ވަރަށް ސާފް