ކޮރަޕްޓް ވަޒީރުން ހިމަނައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ މިފަދައިން ވިދާޅުވީ އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ރައްދުދެއްވައެވެ.
ޅ. ހިންނަވަރުގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރައްވައި ވެރިކަމުގެ ދެ ވަނަ ދައުރެއް އެމަނިކުފާނަށް ހޯއްދަވައިދެއްވަން ބޭނުންވާ ކަމަށާއި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
އެކަމަށް ރައްދުދެއްވާ ބޮންޑޭ ވިދާޅުވީ އެންމެން ވެސް ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވަން ބޭނުންވާ ކަމަށާއި އެހެންނަމަވެސްް ކޮރަޕްޓް ވަޒީރުން ކެބިނެޓުގައި ހިމަނައިގެން ރައީސް ސޯލިހަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށެވެ. އަދި ލަންކާއަށްވެސް މިހާރު ކުރިމަތިވެފައިވާ މައްސަލައަކީވެސް އެއީ ކަމަށް ވިދާޅުވެ ބޮންޑޭ ވަނީ އަވަށްޓެރި ސްރީލަންކާ އަށް އިގްތިސާދީ ގޮތުން ދިމާވެފައިވާ ބޮޑުތި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައި ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ނިންމަވައިގެން ހުންނެވި ގޮތެއް މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރައްވައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ނަޝީދުގެ އަޅުންގެ ވަޒީފާއަކީ، މިކަލޭގެއާއި ޚިޔާލު ތަފާތުވާ ކޮންމެ މީހަކީ ކޮރަޕްޓް ވަގަކަށް ހަދައިގެން އެމީހުންގެ އަބުރު ކަތިލުން،