ސުލޫކީ މައްސަލައަކާ ގުޅިގެން ވަކިކުރި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ކުރީގެ ސީއީއޯ ޖޯން ގްރިންޑާލް އެ އޮފީހާ ދެކޮޅަށް ޓްރައިބިއުނަލް އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ވަޒީފާ އިން ވަކިކުރި ކަމަށް މިދިޔަ މަހުގެ ކުރީކޮޅު ވެސް މީޑިއާގައި ރިޕޯޓް ކުރިއެވެ. ނަމަވެސް ޕެންޝަން އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޖޯން ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ބުނެ އެ މައްސަލަ އޭޏާ ވަނީ މިހާރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅާފައިވާއިރު އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ޓްރައިބިއުނަލްގައި ބާއްވައިފައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ ކަމަށް ޖޯން އައްޔަން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޔޫކޭ އަށް ނިސްބަތްވާ ޖޯން އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.