އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ތިން ބާރުގެ ވެރިން ދިރިއުޅުއްވާ ރަސްމީ ގެކޮޅުގެ ހަރަދުގެ ގޮތުގައި 39.5 މިލިއަން ރުފިޔާ ހިމަނައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގެ ގަރަދުގެ ގޮތުގައި 27.3 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 26.2 މިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި އެއް މިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް 6.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. އެގޮތުން މަޖިލީހުގައި ރައީސްގެ ކޯޕަރޭޓް ހިދުމަތަށް 3.2 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު ހައުސް ހޯލްޑް ހިދުމަތަށް 2.3 މިލިޔަން ރުފިޔާ އަދި އެ ގެކޮޅުގެ ބިއުރޯ ހިދުމަތްތަކަށް 1.3 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް 5.4 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. އެއީ ކޯޕަރޭޓް ސާވިސްއަށް 3.8 މިލިޔަން ރުފިޔާ އާއި ހައުސް ހޯލްޑް ހިދުމަތަށް 1.3 މިލިޔަން ރުފިޔާ އަދި ބިއުރޯ ހިދުމަތްތަކަށް 280،00 ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ނައިބް ރައީސް ދިރިއުޅުއްވާ ހިލާލީގެ އަށް 7.3 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފައެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 7.2 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 102،766 ރުފިޔާއެވެ.