ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކާ 700 ރުފިޔާ ފޭރި ގަންފިއެވެ.

ފުލުހުން ބުނީ މާލެ މަޖީދީމަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީއަކަށް އެރި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފައިސާ ފޭރިފައިވާ މައްސަލައެއް މިމަހު 23 ވަނަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށްފަހު އެމީހުން ޓެކްސީއިން ފައިބައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.