މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމުގެ އިމްތިހާނުތައް ހެދުމަށް ބޭނުންވާ ޑްރައިވިން ލައިސަންސް ސެންޓަރެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް، ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.

މިކަމާ ގުޅިގެން، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ޑްރައިވިން ލައިސަންސް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ކަމަށާއި، ކައުންސިލްގެ މުވައްޒަފުން ވަނީ އަމަލީ ގޮތުން އެ މަސައްކަތް މިއަދު ފަށާފައި ކަމަށެވެ.

އެ ސެންޓަރު ގާއިމް ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ.

މިހާރުވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރަމުން ދާއިރު، ލައިސަންސް ދިނުމުގެ އިމްތިހާނުތައް ކުރިއަށް ގެންދަނީ އިންޑަސްޓްރިއަލް ޒޯންގައެވެ.