ކުރިއަށް އޮތް ހަފްތާގައި މުއްދަތް ހަމަވާ ލައިސަންސް ފެބްރުއަރީ 14 ގެ ނިޔަލަށް ބޭނުން ކުރެވޭނެ ގޮތް ހަދާ، މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ލައިސަންސް ހަދައި ދިނުމާއި އެނޫންވެސް ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

އެ ހިދުމަތް މެދުކަނޑާލީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއާގެ ހިދުމަތްތަކުގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި ކަމަށްވެސް އެ މިނިދސްޓްރީ އިން ބުނެއެވެ.

އެ މިނިސްޓްރީއިން އިތުރަށް ބުނީ ލައިސަންސްގެ ހިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެ ކަމަށެވެ.

މިނިސްޓްރީގެ އެ ހިދުމަތަށް ބަދަލުތަކެއް ގެންނަ ވާހަކަ އިއުލާން ކޮށްފައި މިވަނީ ޓެސްޓު ނަހަދާ ބޮޑު އަގުދީގެން ގިނަ އަދަދެއްގެ ބަޔަކު ލައިސަންސް ހައްދަމުންދާ ކަމުގެ ވާހަކަތަކުގެ އަޑުތައް ގަދަވިތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށެވެ.