މާލޭގައި ކޮވިޑުގެ ކޭސްތަކުގެ އަދަދު ދަށްވެ، ރެކޯޑު އަދަދަކަށް ކޭސްތައް ދަށަށް ހިނގައްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހަތް މީހުންނެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު މާލޭގައި ކޮވިޑުގެ ކޭސްތައް މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ނެގި 3،121 ސާމްޕަލްތަކުގެ ތެރެެއިން މާލޭން ޕޮޒިޓިވްވި ހަތް މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 35 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހުންނާ އެކު، ޖުމްލަ ޕޮޒިޓިވްވީ 46 މީހުންނެވެ.

މިއާއެކު، ޖުމްލަ 85،394 މީހުން ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން 83،809 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލިން ރަނގަޅުނުވެ 1،339 މީހުން ވާއިރު، އޭގެ ތެރެއިން 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ

ރާއްޖޭގައި ކޮވިޑުގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭގައި ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.