ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވި މައްސަލަ ބަލާ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ އެމީހާ މަރުވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އެއޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މާލޭ ޖަލު ބަންދުގައި ހުއްޓާ މަރުވެފައި ވަނީ މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން (46 އަހަރު) ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
އޭނާ މަރުވެފައިވަނީ މިމަހު 5 ވަނަ ދުވަހުގެ ރޭ 07:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީ، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ 7:30ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ސަބީން މަރުވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން ދިޔަ މީހެއް ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ ޝަބީން އަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ.
ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެ ސާވިސްއިން ވަނީ އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ކަރެކްޝަނުން ބުނެއެވެ.
ކުއްސާބިތު ވުމަކާއި ނުލައި މައްސަލަ ބަލައި ނިމެންދެން ނޭބުނެ އަދަބު ދިނުމުގެ ސަގާފަތް ހުއްޓާލަންއެބަޖެހޭ ކުއްސާބިތުވެ ކޯޓަކުން ހުކުމެށް ކަނޑަނައަޅާހާ ހިނދަކު ކޮއްމެ ނަފުސަކީވެސް މައުސޫމު މީހެށް