މާސްކު އަޅައިގެން ވެސް މިހާރު އައިފޯނު ހުޅުވޭނެ ކަމަށް އެޕަލް ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ނެރެފައިވާ އައިއޯއެސް 15ގައި މާސްކު އަޅައިގެން އައިފޯނު ހުޅުވޭ ފީޗާއަށް ދިމާވި މައްސަލައަށް ހައްލު ހޯދާ އެ ކުންފުނިން މިހާރު ވަނީ އައިއޯއެސް 15.0.1 ނެރެފައެވެ. މި އާ އަޕްޑޭޓުގައި މާސްކާ އެކު ފޯނު ހުޅުވޭ ފީޗާއަށް ކުރިމަތިވި ހުރިހާ މައްސަލައެއް ހައްލު ކުރެވިފައި ވާނެ ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ.
މި އަޕްޑޭޓާއެކު ސްޓޯރޭޖް ފުރިފައި ހުރިކަން އެންގުމަށް އަރާ ސަމާލު ނާރާގޮތް ހެދޭނެއެވެ. މީގެ އިތުރުން ވެސް ފޯނަށް ދިމާވާ ކުދިކުދި އެހެނިހެން މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮވިޑް-19އާ ގުޅިގެން ބަލިން ރައްކާތެރި ވުމަށްޓަކައި މާސްކު އަޅަން ޖެހުމާ އެކު ހިމެނި މި އާ ފީޗާއަކީ ގިނަ ބަޔަކަށް އޭގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެޕަލް ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ފޯނު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ވެސް އެޕަލްއިން ބުނެއެވެ.
އެގޮތުން ލަގްޒަރީ ޓެކްނޮލޮޖީ ބްރޭންޑެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެޕަލްގެ އެންމެ ފަހުގެ އައިފޯން 13 ވެސް ވަނީ ނެރެފައެވެ.