އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 15 ޕްރޯ މެކްސް ލިބޭ ޕްރޮމޯޝަންއެއް އުރީދޫއިން ފަށައިފިއެވެ.

އުރީދޫއިން ބުނީ ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ދެ މަހަކުން އައިފޯން 15 ޕްރޯ މެކްސް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ޔޫޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް ކޮންމެ މަހަކު 1،500 ރުފިޔާ ނުވަތަ އެއަށް ވުރެ ގިނަ ރުފިޔާ އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެ ކަމަށް އުރީދުއިން ބުނެއެެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓާ ވުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑް ކުރޭ
  2. އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލައްވާ
  3. އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލް ތައް ފުރުމަށްފަހު ފޯނަށް ލިބޭ އޯޓީޕީ ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށް ފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރައްވާ
  5. މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން ޖައްސަވާ
  6. ފޯނަށް ލިބޭ އޯޓީޕީ ޖެއްސެވުމަށް ފަހު ރަޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ

އުރީދޫއިން އިތުރަށް ބުނީ އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ ކަމަށެވެ.

ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ގިނަ އަދި މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ.