އުރީދޫ މެދުވެރިކޮށް އައިފޯން 17 ޕްރީ-އޯޑާ ކުރި ކަސްޓަމަރުންނަށް އައިފޯން ހަވާލުކުރަން ފަށައިފިއެވެ.

އުރީދޫއިން ޕްރީ-އޯޑާ ކުރި ފަރާތްތަކަށް އައިފޯން ދޫކުރަން ފަށާފައި ވަނީ ރޭ ދަންވަރު 12:00 ގައެވެ.

ފޯނު ހަވާލުކުރުމަށް އުރީދޫ ހެޑްކުއާޓާސްގައި ރޭ ވަނީ ހާއްސަ ހަރަކާތެއް ބާއްވާފައެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ލައިވް މިއުޒިކާއެކުގައެވެ.

އުރީދޫއިން އައިފޯނު ޕްރީ އޯޑަރަށް ހުޅުވާލާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އުރީދޫގެ އީކޮމާސް ޕްލެޓްފޯމު "މޫލީ" މެދުވެރިކޮށް އައިފޯން 17، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސް ޕްރީ އޯޑަރަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ވަނީ ފޯނަށް ޕްރީއޯޑަރު ދީފައެވެ.

މޫލީއިން އައިފޯނު ޕްރީ-އޯޑާ ކުރެވެން ހުރި އަގުތައް:

  • އައިފޯން 17 - 21،499 ރުފިޔާ
  • އައިފޯން 17 ޕްރޯ - 27،499 ރުފިޔާ
  • އައިފޯން 17 ޕްރޯ މެކްސް - 29،999 ރުފިޔާ

އެޕަލްގެ ފޯނުތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ފޯނުތަކަށް ވާއިރު، އަލަށް އެޕަލްގެ ފޯނު ނެރޭ ކޮންމެ ފަހަރަކުވެސް އުރީދޫއިން އެ ފޯނުތައް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހޯދަދޭކަން ފާހަގަކުރެވެއެވެ.