އުރީދޫއިން އައިފޯން 15 ޕްރީއޯޑާ ކުރި ފަރާތްތަކަށް ފޯނު ހަވާލު ކުރަން ފަށައިފިއެވެ.
ރޭ ދަންވަރު 12 ގައި އައިފޯން 15 ޕްރީއޯޑާ ކޮށްފައި ހުރި ކަސްޓަމަރުންނަށް ފޯނުތައް ހަވާލު ކުރަން ފަށާފައި ވާއިރު އުރީދޫއިން ވަނީ އެކަމަށް ހާއްސަ ހަރަކާތެއް އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކުރިއަށް ގެންގޮސްފައެވެ.
އުރީދޫއިން ބުނީ އެ ހާއްސަ ހަރަކާތަކީ ކިއުގައި، ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އުފައްދައިދިން ހަރަކާތެއް ކަމަށެވެ. އަދި ޕްރީއޯޑާ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާއި ހަވާލުވުމަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީ އިން މިހާރު ފޯނުތައް ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވާ ކުރުމުގެ މަސައްކަތްފަށާފައި ކަމަށް އުރީދޫއިން ބުނެއެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިން ޕޯޓް ހިމެނެ އެވެ.
އުރީދޫއިން އިތުރަށް ބުނީ މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑާ ކުރެއްވި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖައްސަވާފަ 5555 އަށް އެސްއެމްއެސް ކޮށްލުމުން ޑޭޓާ ލިބިގެންދާނެއެވެ.