އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރަކަށްވެ އައިފޯން 16 ޕްރޯ މެކްސް އެއް ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖްތަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ އިން ބުނީ މި އޮފާ ކުރިއަށް ދާނީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި އޮފާގައި އުރީދޫ ކްލަބް ޕްރިމިއާގެ މިހާރުގެ އަދި އާ ކަސްޓަމަރުންނަށް ބައިވެރިވެ ވެވޭނެ ކަމަށެވެ.

އުރީދޫ އިން ވަނީ އެޕަލް އިން އެންމެ ފަހުން މާކެޓަށް ނެރުނު އައިފޯން 16 ޕްރޯވެސް މި މަހު 20 ގައި ޕްރީ އޯޑަރަށް ހުޅުވާލާފައެވެ. އެޕަލް އިން މި ފަހަރު ނެރުނު އައިފޯން 16 ސީރީޒްގައި ހިމެނެނީ ކުރީގެ މޮޑެލްތަކަށްވުރެ ބޮޑު ސްކްރީނެކެވެ.

އާ A18 ޕްރޯ ޗިޕެއްގެ އިތުރުން ރެކޯޑިން ފީޗާއާއި ރަނގަޅު ބެޓަރީ ލައިފެއް މި ފޯނުތަކުގައި ހިމެނޭ ކަމަށް އެޕަލް އިން އައިފޯން 16 ތާރަފް ކުރުމަށް ބޭއްވި ގްލޯވްޓައިމް އިވެންޓުގައި އެ ކުންފުނިން ވަނީ ބުނެފައެވެ.