މިމަހު 17 ވަނަ ދުވަހު އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ތޫނު އެއްޗަކުން ހަމަލާ ދީ މީހަކު ޒަހަމް ކޮށްލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އައްޑޫ ސިޓީގެ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 17 ވަނަ ދުވަހުގެ މެންދުރު 12:08 ހާއިރުއެވެ.

އެ މާރާމާރީގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ފިރހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މާރާމާރީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެޕާޓްމަންޓްގެ ފޮޓޯތަކާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްތެވެ. އެޕާޓްމަންޓް ތެރޭގަ އާއި ސިޑިމަތީގައި ވެސް ލޭ ހުއްޓެވެ.