ހިޔާ ފްލެޓް ލިބިފައިވާ މީހަކު އެ މީހެއްގެ ފްލެޓް ކުއްޔަށް ދޭނަމަ އެ ފްލެޓެއް އަތުލާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އެހެން ބުނެފައިވަނީ ފްލެޓް ލިބުނު ބައެއް މީހުން އެމީހުންގެ ފްލެޓް ކުއްޔަށް ދޫކުރަން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓްރީން ބުނީ ހިޔާ ފްލެޓަކީ ބޯހިޔާވެހިކަމެއް ނެތް އަދި ބޯހިޔާވަހިކަމަކަށް ކޮންމެހެން ބޭނުންވެފައިވާ ރައްޔިތުންނަށް ދިން ތަނަކަށް ވާތީ އެތަން އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
އަދި ފްލެޓްތައް ލިބޭ މީހުން އެތަން އެހެން ބަޔަކަށް ކުއްޔަށް ދޫކުރާކަން ސާބިތުވެއްޖެ ނަމަ، ފްލެޓް އަތުލުމުގެ ބާރު ސަރުކާރަށް އޮންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެކަމާ ގުޅިގެން އެޗްޑީސީން ބުނީ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށެވެ.
އެގޮތުން ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދީ ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެއެވެ.
ފްލެޓް ލިބުނު މީހުން އެމީހުންގެ ޕްލެޓް ކުއްޔަށް ދެވޭނެ އުސޫލު ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ފްލެޓް ލިބުނު މީހަކަށް ވަރަށް ބޮޑަށް ދަތިވެއްޖެނަމަ އެ ފްލެޓެއްގެ އެއްކޮޓަރި ކުއްޔަށް ދެވިދާނެއެވެ. އޭގެ އިތުރުން ބަލިވެގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ޖެހޭ މީހަކަށް އެ ފްލެޓެއް އެއް އަހަރަށް ކުއްޔަށް ދެވިދާނެއެވެ. ނަމަވެސް އެކަން ކުރެވޭނީ މިނިސްޓްރީ އަދި އެޗްޑީސީގެ ހުއްދަ ހޯދައިގެންނެވެ.
ފުލެޓު ކުށްޔައްވެސް ދޭނެ ދީފަ ތިހުރީ އެންމެ ބޭނުންވާ މީހާ އަކަށް ނޫން.. އެޗުޑީސީން ބަލަން ދާއިރަށް ބުނާނީ ވެރިމީހާ ވީ ރާއްޖޭން ބޭރުގައޭ..އަބަދުވެސް ހަަދަނީ އެގޮތަށް.... އެނގިގެން މިލިޔަނީ.. އެކަކަށް 2ފުލެޓު ދީފަ އެބަހުރި އެހެން މިބުނީ ފިރިމީހާއަށް ވެސް އަނބިމީހާއަށްވެސް ދީފަ އެބަހުރި .......
މޮޔަ ނުގޮވަބަލަ ދޭނަން ނުވެސް އަތުލެވޭނެ.