އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1051 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އިތުރު 39 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 13 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. އޭގެ އިތުރުން މަރަދޫ އިން 6 ކޭސް، ފޭދޫއިން 5 އިން ކޭސް، މަރަދޫފޭދޫން 1 ކޭސް، މީދޫއިން 7 ކޭސް އަދި ހުޅުދޫ އިން 7 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 24 ޑައިރެކްޓް ކޮންޓެކްޓާ، 5 ރެންޑަމް ސާމްޕަލްއާ، އަދި ފުލޫ ކްލިނިކުން 10 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 1051 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 741 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 307 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 144 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 10 ކޭސް، ފޭދޫގައި އެކްޓިވް 22 ކޭސް، ހިތަދޫގައި 91، މީދޫގައި 29 ކޭސް، ހުޅުދޫގައި 10 އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.