އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 980 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 28 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މަރަދޫ އިންނެވެ. އޭގެ އިތުރުން ހިތަދޫ އިން 5 ކޭސް، ފޭދޫއިން 2 އިން ކޭސް، މީދޫއިން 9 ކޭސް އަދި ހުޅުދޫ އިން 2 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ޑައިރެކްޓް ކޮންޓެކްޓާ، 10 ރެންޑަމް ސާމްޕަލްއާ، 2 ޓްރެވަލް ސާމްޕަލް އަދި ފުލޫ ކްލިނިކުން 3 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 980 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 727 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 250 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 125 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 9 ކޭސް، ފޭދޫގައި އެކްޓިވް 20 ކޭސް، ހިތަދޫގައި 70، މީދޫގައި 22 ކޭސް، ހުޅުދޫގައި 3 އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.