އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 952 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 15 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫ އިންނެވެ. އޭގެ އިތުރުން ހިތަދޫ 6 ކޭސް އަދި ފޭދޫއިން އެއް ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 9 ޑައިރެކްޓް ކޮންޓެކްޓާ ފުލޫ ކްލިނިކުން 2 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 952 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 720 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 229 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 117 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 11 ކޭސް، ފޭދޫގައި އެކްޓިވް 21 ކޭސް، ހިތަދޫގައި 65، މީދޫގައި 13 ކޭސް، ހުޅުދޫ އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.