4 ފްލޫ ސާމްޕަލް އެއް ޕޮޒިޓިވް ވެ ށ. މިލަންދޫ މޮނިޓަރިން އަށް ލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހަތަރު ސާމްޕަލް ޕޮޒިޓިވްވެ މޮނިޓަރިން އަށް ލައިފާވާއިރު އެއީ ތިން ކުއްޖަކާއި ބޮޑު މީހަކުއެވެ.

މިލަންދޫ ކައުންސިލުން ބުނީ މި ކަމާއި ގުޅިގެން މިހާތަނަށް ހޯމް ކަރަންޓީނު ކޮށްފައިވަނީ 5 ގެއެއް ކަމަށެވެ.

ސްކޫލު ބަންދުކޮށް ރަށަށް އަރައި ފޭބުން މަނާކުރި ނަމަވެސް މާސްކް އަޅައިގެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކަށް ނުކުމެވެއެވެ. އަދި ގައިދުރުކަމާ އެކު ގެއިން ވުޟޫ ކޮށް، މާސްކް އަޅައިގެން މިސްކިތުގައި ޖަމާއަތް ހެދޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މިއީ މިލަންދޫ މޮނިޓަރިންނަށްލީ ތިން ވަނަ ފަހަރެވެ. ކުރިން ވެސް ދެ ފަހަރަކު ރަށުން ކޮވިޑް ފެނިގެން ވަނީ މޮނިޓަރިންނަށްލާފައެވެ.

ކޮވިޑް ފެނިގެން އިއްޔެ ވަނީ ލ. މުންޑޫ ވެސް މޮނިޓަރިިންނަށްލާފައެވެ. މިއާ އެކު މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ އަދަދަކީ 16 އެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.