ސްކޫލް ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތުން ހުއްޓުވުމަށްޓަކައި ކުރިއަށް ގެންދާނެ ޕްރޮޖެކްޓަކާ ބެހޭ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސޮއިކޮށްފިއެވެ.
"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް"ގެ ނަމުގައި ކުރިއަށްގެންދާނެ އެ މަޝްރޫއުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް އެކުދިންނަށް ދަސްކޮށްދިނުމާއި ހަރުކަށިވިސްނުން އަށަގަތުން ހުއްޓުވުމަށްޓަކައި އެކުދިންގެ ކިބައިގައި ދީނަށް ލޯބިޖެއްސުން ހިމެނެއެވެ. އަދި އެ މަޝްރޫއުގެ ދަށުން އެކުދިންނަށް އެހެންމީހުންނަށް އިހުތިރާމު ކުރުމަށާއި ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދެވޭނެއެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ދަރިވަރުން ދެނެގަތުމަށް، ރިސްކް އެސެސްމަންޓް ހަދަން ބޭނުން ކުރާނެ އާލާތެއް ތައްޔާރުކުރުމާއި ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުމާއި ސުލްހައަށް ލޯބިކުރަން ދަރިވަރުންނަށް ދަސްކޮށްދިނުން ހިމެނެއެވެ.
އެ ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.
ހަރުކަށި ފިކުރުގެ ކުދިން ބޮޑެތިވީމާ ހަރުކަށި މީހުންނަށްވަނީ ފުރަތަމަ ހަރުކަށްޓަކީ ކޮބާތޯ؟ ދިރާސާއެއް ކުރެވިއްޖެތޯ؟ ހަރުކަށިކަން ދައްކާ ކުދިން ސިޔާސަވެ ހައްދުފަހަނަ އަޅަނީ ކީއްވެތޯ؟ ހަރުކަށި" މިލަފްޒަކީ ދީނީގޮތުންހަމަ އެކަނި ވާހަރުކައްޓެއްނޫން.... ފުރައްސާރަކުރުމާއި، މަސްތުވުމާއި، ޒިނޭކުރުމާއި، ވައްކަން ކުރުމާއި، ހިޔާނާތާއި، ފަސާދަ އުފެއްދުމަކީވެސް ހަރުކަށިކަމުގެ ހައްދު ފަހަނައަޅާ ދިއުން. އިސްލާމްދީނަކީ ކޮބާކަން ކިތަށް ދަރިވަރުންނަށް ކިތަށް މައިންބަފައިންނަށް، ކިތަށް ޒިންމާދާރު ވެރިންނަށް އިނގޭތޯ ދިރާސާކުރައްވާ.... އިސްލާމްދީނުގެ އެންމެ އަސާސީ ކަންތައްތައް އިނގޭމިންވަރު ބަލާ ދިރާރާކުރައްވާ އެންމެ ނިކަމެތި މީހާއަށްވެސް އިންސާފް ހޯދަދޭންޖެހޭ ޤާނޫންއަކީ އެންމެންގެ މަށްޗަށް ހެދި ތަންފީޒްކުރެވޭ އެއްޗަކަށް ވާންޖެހޭ އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ބޯލަނބާ ތަންފީޒްކުރަންޖެހޭ.....ވިސްނާ ފިކުރުކުރަންޖެހެނީ އިސްލާމީ އަދުއްވުންގެ ސިކުނޑިތަކަކުންނޫން