ގއ. ވިލިނގިލީ މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ.

ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

އެރަށުގެ މޮނީޓަރިން ހާލަތު 72 ދުވަސް ފަހުން އުވާލާފައިވަނީ އިއްޔެ ހަވީރު ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އެރަށުން 400 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު އެކަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނައީ އެރަށުގައި ކަރަންޓީނު އުސޫލާ ހިލާފުވި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތީ ޖުމްލަ 12 ރަށެކެވެ.

އެއީ ޏ.ފުވައްމުލައް، އއ.ތޮއްޑޫ، ފ.ފީއަލި، ރ.ދުވާފަރު، ށ.ފޯކައިދޫ، ގއ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ، ގއ.ކޫއްޑޫ، ރ.މީދޫ، އަދި ހދ.ކުޅުދުއްފުއްޓެވެ.