ވެކްސިން ޑޯޒް ހަމަވުމުން ދަތުރުފަތުރު ކުރެވޭ ގޮތް ހަދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޑުއުފުލައި ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިޔުއެޗްއޯ) އިން ހުއްދަދީފައިވާ ހުރިހާ ވެކްސިންތައް ދަތުރުކުރުމުގައި ބޭނުން ކުރެވޭނެ ކަމަށް އދ އިން ވަކާލާތުކުރަން ޖެހޭކަމަށެވެ. އަދި އދ ގެ އާންމު މަޖިލީހުގެ ރައީސް އަކަށް އަބްދުﷲ ޝާހިދު ހުންނަވައިގެން ވީ ވަރަކުން މިކަމާ މަސައްކަތް ކުރައްވާނެ ކަމަށް ރޮޒައިނާ އުންމީދު ކުރައްވައެވެ.
އިތުރަށް ރޮޒައިނާ ވިދާޅުވީ، ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމުގައި އެކި ގައުމުތަކުން އެކި ވެކްސިންތަކަށް ބަރޯސާވުމަކީ އިންސާފެއް ނޫން ކަމަށެވެ.
ކޮވިޝީލްޑު ޖެހި މީހުންގެ އަތުގައި އޮންނަ ވާޗުއަލް ޕާސްޕޯޓުން ނުވަތަ "ގްރީން ޕާސް" އިން ޔޫރަޕްގެ ގައުމު ތަކަށް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ކުރިއަށް އޮތް ޖުލައި 1 ވަނަ ދުވަހު ތަންފީޒު ކުރަން ފަށާ "ގްރީން ޕާސް" އަކީ، އެ ހުއްދަ ދޫކޮށްފައިވާ ލިސްޓުގައި ހިމެނޭ ވެކްސިންތައް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް، އެއްވެސް ހުރަހަކާ ނުލާ ޔޯރަޕްގެ ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅުމަށް ފުރުސަތު ދޭ ފާހެކެވެ. އޭގައި ކޮވިޝީލްޑް ނުހިމެނެއެވެ. އެކަމާ އިންޑިއާއިން ކަންބޮޑުވެ އެ މައްސަލަ ވަނީ ޔޫރަޕުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.
ރާއްޖޭގެ 200،000 އާ ގާތަށް މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. އަދި ކޮވިޝީލްޑް ވެކްސިން ރާއްޖެއިން ހުސްވެ ގިނަ އަދަދެއްގެ މީހުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ފުރިހަމަ ނުކުރެވިފައެވެ.
އަޅުފަނޑު މެން 2 ޑޯޒްފުރިހަމަކޮއްފަ ތިބިމީހުނައް ރާއްޖޭގެ އެއްރަޝުން އަނެއްރަށައް ކޮރެންޓީނުނުވެ ދެވޭނެ ގޮތަކައް ކަމަނާ މަޖުލީހުގަ މަސައަކަތް ކޮއްދެއްވުން އެދި ދެންނެވީމެވެ. ޢިހުތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.