ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ އެންމެ ފަހު މެޗުތައް ރޭ ކުޅުނު އިރު ސްކޮޓްލޭންޑާ ކްރޮއޭޝިޔާ ބައްދަލުކުރި މެޗު 1-3 އަކުން ކާމިޔާބުކޮށްގެން ކްރޮއޭޝިޔާ ދެވަނަ ބުރަށް ހިނގައްޖެއެވެ.

ގްރޫޕްގައި މީގެ ކުރިން ދެ ޓީމުން ވެސް ކުޅުނު ދެމެޗުން އެއްވަރުވެ ބަލިވެފައިވާ އިރު މުބާރާތުގެ ގަދަ 16 އަށް ދިއުމަށް ރޭގެ މެޗަކީ ދެ ޓީމުން ވެސް ކޮންމެހެން ކާމިޔާބުކުރަން ޖެހޭ މެޗެކެވެ.

ސްކޮޓްލޭންޑްގެ ހަމްޑަން ޕާކްގައި ކުޅުނު މިމެޗުގެ ފުރަތަ

މަ ލަނޑު ޖެހީ ކްރޮއޭޝިޔާއިންނެވެ. މެޗުގެ 17 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކްރޮއޭޝިޔާގެ ނިކޮލާ ވްލަސިޗްއެވެ.

ފުރަތަމަ ހާފް ނިމެން ދަނިކޮށް ސްކޮޓްލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ކޭލަމް މެގްކެރެގާއެވެ.

މެކްގްރެގާގެ މިލަނޑަކީ 1996 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފަހުން ބައިނަލްއަޤްވާމީ ބޮޑު މުބާރާތެއްގައި ސްކޮޓްލޭންޑުން ޖެހި ފުރަތަމަ ލަނޑު

ދެވަނަ ހާފް ފަށައިގެން ދެޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ އިރު މެޗުގައި ކްރޮއޭޝިޔާއަށް އަނެއްކާވެސް ލީޑު ނަގާ ދިނީ އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗެވެ. މެޗުގެ 60 ވަނަ މިނެޓްގައި މޮޑްރިޗް ޖެހި މިލަނޑަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ލަނޑުގެ ތެރެއިން ލަނޑެކެވެ.

ރޭގެ މެޗުގައި ކްރޮއޭޝިޔާގެ ކެޕްޓަން މޮޑްރިޗް ޖެހި ހިތްގައިމު ލަނޑު/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

ކްރޮއޭޝިޔާގެ ނަތީޖާ ކަށަވަރުކުރީ މެޗުގެ 77 ވަނަ މިނެޓްގައި އިވާން ޕެރަސިޗް ބޮލުން ޖަހާ ވައްދާލި ލަނޑާއެކުއެވެ.

ކޮރޮއޭޝިޔާގެ ތިން ވަނަ ލަނޑު ޖެހި ޕެރަސިޗް އުފާ ފާޅުކުރަނީ/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިއީ މުބާރާތުގައި ކޮރެއޭޝިޔާއަށް މެޗަކުން މޮޅުވި ފުރަތަމަ ފަހަރު ނަމަވެސް އެޓީމު މިވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ގޮސްފައެވެ.

މިއީ މުބާރާތުގައި ކްރޮއޭޝިޔާއިން މޮޅުވި ފުރަތަމަ މެޗު/ ފޮޓޯ: ޔޫރޯ 2020 ޓުވިޓާ

މިމެޗުން ބަލިވުމާއެކު ސްކޮޓްލޭންޑް މިވަނީ ގްރޫޕްގެ އެންމެ ފުލުގައި އޮވެ މުބާރާތުން ކަޓާފައެވެ.