އެސްޓީއޯއިން ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެސްޓީއޯއިން ބުނީ ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ގުޅިގެން ކަމަށެވެ.

ކުރިން އެސްޓީއޯއިން ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގަކީ 8.45 ރުފިޔާއެވެ. ނަމަވެސް އަގަށް ގެނައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.74 ރުފިޔާއަށެވެ.

އަދި އެސްޓީއޯއިން 9.79 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު ވަނީ 10.72 ރުފިޔާއަށް އަރާފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެސްޓީއޯއިން ދޭތެރެ ދޭތެރެ އިން އަންނަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ބޮޑު ކުރަމުންނެވެ.

އެގޮތުން އެސްޓީއޯ އިން ވަނީ މާޗް މަހު 16ގައި ވެސް ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ.