ޔޫރަޕްގައި މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިވަނީ އާ ޓެރެންޑެއް ފެށިފައެވެ. އެއީ ނޫސް ކޮންފަރެންސްތަކުގައި މުބާރާތުގެ ސްޕޮންސަރުން ބަހައްޓާފައި ހުންނަ އެކި އެކި ފުޅިތައް ދުރަށް ޖައްސާ އެއުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި ކުޅުންތެރިން ބައިވެރިނުވާ ކަން ހާމަކޮށްދޭ ޓްރެންޑެކެވެ.

ޓްރެންޑްގެ ފެށުން އައި ޔޫރަޕް ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއަން ރޮނާލްޑޯގެ ފަރާތުންނެވެ.

މިގޮތުން މުބާރާތުގެ ތެރެއިން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޒު މަތީ ބަހައްޓާފައި ހުރި ދެ ކޯކް ފުޅި ރޮނާލްޑޯ ދުރަށް ޖައްސާލި އިރު އެފަދަ ބުއިމެއްގެ ބަދަލުގައި ފެން އިހްތިޔާރު ކުރުމަށް އޭނާ އެދުނެވެ.

މޭޒުމަތީގައި ހުރި ކޯކްފުޅިތަކެއް ރޮނާލްޑޯ ދުރުކުރަނީ/ ފޮޓޯ: ގޫގަލް

ރޮނާލްޑޯ ފަދަ ކުޅުންތެރިއެއްގެ ފަރާތުން ދުނިޔޭގެ މަޝްހޫރު އުފެއްދުމެއް މިގޮތަށް 'ދުރުކޮށްލުން' ވެގެން ދިޔައީ ކޮކަކޯލާ ކުންފުންޏަށް ލިބުނު ބޮޑު ގެއްލުމަކަށެވެ. ދުޅަހެޔޮ ހަށިގަނޑެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާ ގިނަ ފަރާތްތައް ރޮނާލްޑޯއަށް ތައާރަފް ކުރި އިރު ރޮނާލްޑޯގެ މި ކުޑަކުޑަ އަމަލުން ކޯކް އުފައްދާ ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުޅު ދުރަށްލާ ޓްރެންޑްގެ ދެވަނަ ބައިވެރިއަކީ ފަރަންސޭސި މިޑްފީލްޑަރު ޕޯލް ޕޮގްބާއެވެ. އަންގާރަ ދުވަހު ޖާމަނީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ޕޮގްބާ ވަނީ މޭޒުމަތީގައި އިން ހައިނެކަން ބިޔަރު ފުޅިއެއް ދުރަށް ލާފައެވެ.

ކްލަބް ލެވަލްގައި މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅޭ ޕޮގްބާއަކީ މުސްލިމަކަށްވާ އިރު ބިޔަރު ފުޅި ދުރަށް ޖައްސަމުން އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.