ހެލްތް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް ވަކިވަމުން ދާތީ ހެލްތް މިނިސްޓާ އަހްމަދު ނަސީމް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން ނެރުނު ނޫސްބަޔާނެއްްގައި ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހަމަދު މަރުވި ހަބަރު އެހީ ފުން ހިތާމަޔާއެކު ކަމަށެވެ.
ކޮވިޑް-19 މެނޭޖެކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތް މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތް ކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާ ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ބުނެއެވެ. އަދި ފުރާނައެއް ވަކިވެގެން ދިއުމުން މައާފަށް އެދި ނިންމާލުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުން ވަނީ އެފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަހްގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާފައެވެ.
އިދިކޮޅުން އިތުރަށް ބުނީ ކޮވިޑަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކޮށްފައިވާއިރު، އެފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކޮށްފައި ނުވާ ކަމަށެވެ.
ކޮވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ހާލަތަށް ރިއާޔަތްކޮށް ގާއިމްކޮށްފައި ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން ބުނެފައިވަނީ މުޅި ސަރުކާރުން ވެސް އެކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ކަމަށް އިދިކޮޅުން ވަނީ ބުނެއެވެ.
އެހެންކަމުން ގާބޫލުކުރަނީ ހެލްތް މިނިސްޓްރީއާ މުޅި ސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް ކަމަށް ކޯލިޝަނުން ބުނެއެވެ.
ކޮވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
ސާބިތުވެހުންނަވާ