ރައްޔިތުންގެ މަޖިލީހުގެ އެމްޑިޕީ ޕީޖީ ލީޑަރު އަލީ އާޒިމް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ގެންދިޔަކަމަށް ވިދާޅުވާ ދިޔާ އެއްޗެހީގެ ތަފްސީލު ލިބެންޖެހޭ ކަމަށާ މިކަން ވަގުތުން ތަހުގީގުުކުރަންޖެހޭކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ ބޮޑެތި ކުށްތަކުގެ ވާހަކަ ސަމާސައަކަށް ހެދިގެން ނުވާނެ ކަމަށެވެ.
ޖަމީލް މިގޮތަށް ޓުވީޓުކުރައްވާފައިވަނީ، އޮންލައިން ނޫހަކަށް އާޒިމް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ނައިބުރައީސް އަހުމަދު އަދީބާ ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ފައިސާ ނޫނީ ކަރުދާސް ނޫންކަމަށާ އެއީ ދިޔާ އެއްޗެއްކަމަށް އޭނާ ވިދާޅުވުމުންނެވެ.
އެ އިންޓަވިއުގައި އާޒިމް ވިދާޅުވެފައިވަނީ އެ ދިޔާއެއްޗަކީ އަދީބުގެ ފަރާތުން އަބްދުﷲ ޖަލީލު (ކޭން ސޭޓު) އަށް ދޭން ދިން އެއްޗެއް ކަމަށެވެ. އާޒިމް މިގޮތަށް ވިދާޅުވެފައިވަނީ އަދީބާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކެއް ލީކުވުމާ ގުޅިގެންނެވެ.
އެ ވާހަކަތަކުގައި އާޒިމް ކައިރީ އަދީބު ފެންޓަސީ ކުރިމައްޗަށް ދިއުމަށް ބުނެފައި ވެއެވެ. އެތަނަށް އަންނައިރު ދަބަހެއް ގެނައުމަށްވެސް އާޒިމަކައިރީ އަދީބު އެދިފައިވެއެވެ. ފެންޓަސީ ކައިރީގައި ހުންނަނީ އަދީބާއެކު އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު ސޭޓުގެ ގެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބެހިކަމަށްވެސް ބެލެވެނީ މިގެއިންނެވެ.
ޥާހަކަ ދައްކަން ޖެހޭނި ތިމާ ގެނބި ނާވާ ނުލެވުނީމާތޯއެވެ