ކަންނެލި ދޯންޏެއްގައި ހުރި ދިވެއްސެއްގެ އަތަށް ވަޅިއެއް ހެރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ވަޅި ހެރިފައި ވަނީ ފ. ނިލަންދޫ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުން ކަންނެލި މަސްވެރިކަން ކުރަމުން ދިޔަ "އުމެރި 1" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 44 އަހަރުގެ ފަޅުވެރިިއެއްގެ އަތަށް ކަމަށެވެ.

އެމީހާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑު ސްކޯޑަންގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގައި މިއަދު 04:03 ހާއިރު ނިލަންދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ 02:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މަސްވެރިކަމަށް ނިކުމެ އުޅޭ މަސްވެރިންނަށާއި، ދޯނިތަކުގެ ފަޅުވެރިންނަށް އަނިޔާވާ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

އެގޮތުން، މިފަދަ ހުރިހާ ހާދިސާއެއްގައި ވެސް އެމްއެންޑީއެފުން ދަނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.