ކުރިއަށް އޮތް ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް އެއޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ބެންކިން ހިދުމަތް ( ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) ލިބޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

ބޭންކިން ހިދުމަތް ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސިޓީ އާއި ތަކެތި ބަލައިގަތުމަށް ވެސް ހަމަޖެހިފައިވަނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އެމްއެމްއޭ ހުޅުވާފަ ހުންނާނެ ގަޑިިތައް އަންގާފައިވާއިރު ރޯދަ މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.

މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.