މާލޭ މަގުމަތިން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 07:30 ހާއިރު އަސްރަފީ ބުކްޝޮޕް ކައިރިން ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދެމީހުން ވަނީ ފުލުހުން ހުއްޓުވުމުން އެމީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ތިން ފުޅި މަގު މައްޗަށް ވައްޓާ ތަޅާލާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ދެމީހުން ހުއްޓުވީ ވަންވޭ އާ އިދިކޮޅަށް ދުއްވާފައި ދަނިކޮށް ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން މިފަދަ ކުއްތައް ކުރުން މަދުވެފައިވީ ނަމަވެސް މާލެ ސަރަހައްދުން މިބާވަތުގެ ކަންކަން ދަނީ ފެންނަމުންނެވެ.

އަދި ގްރޫޕް މާރާމާރީ ތަކާއި މަސްތުވާ ތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.