މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކީ ފުރާނައަސް ނުރައްކާ ވޭރިއަންޓެއް ކަމަށް ބުނަން، އަދިވެސް މާ އަސް ކަމަށްވެސް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ޑައިރެކްޓާ، ޑރ ފްރާންސިސް ކޮލިންސް ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ވޭރިއަންޓަކީ ފަސޭހަ ކަމާއެކު އެކެއްގެ ހަށިގަނޑުން އަނެއްކާގެ ހަށިގަނޑަށް ފޯރާ، އިންތިހާ ހަލުވި މިނުގައި ބަލި ފަތުރާ ވޭރިއަންޓެކެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން، ހުކުރު ދުވަހު ވަނީ، މި ވޭރިއަންޓްގެ ޝިކާރައަކަށްވާ މީހުން، ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، އެމްއެސްއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ ކޮލިންސް ވިދާޅުވީ، މިހާތަނަށް ލިބިފައިވަނީ އިބްތިދާއީ ތަފާސް ހިސާބުތަކެއް ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ ޗީފް ސައެންޓިފިކް އެޑްވައިޒަރުވެސް ވަނީ، އާ ވޭރިއަންޓްގެ އަސަރުކޮށް، މަރުވާ މީހުންގެ އަދަދު އިތުރު ވާ ކަމަށް، ހޮސްޕިޓަލުގެ ރެކޯޑްތަކުންވެސް ނުދައްކާ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ވެކްސިންތައް ބޭނުން ކުރަމުން އަންނައިރު، މޮޑާނާ އަދި ފައިޒާގެ ކޮވިޑް ވެކްސިންތަކަކީ އާ ވޭރިއަންޓުން ދިފާއު ހޯދާދޭ ވެކްސިންތަކެއް ކަމަށް އިބްތިދާއީ ދިރާސާތަކުން ދައްކާ ކަމަށް ޑރ ކޮލިންސް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު، ދެކުނު އެފްރިކާއިން ފެނުނު އާ ވޭރިއަންޓަކީ، ހިސާބަކަށް ކަންބޮޑުވާން ޖެހޭ ވަރުގެ ވޭރިއަންޓެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތަކަށެވެ.