ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ގޮތަށް މުހާތަބު ކުރައްވާ ކަމަށް ބުނެ ދީދީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ނަސޭހަތް ދީފިއެވެ.

އެމްއެންޔޫއިން ޑރ. އިޔާޒަށް ދިން ނަސޭހަތުގެ ލިޔުމުގައި ބުނެފައި ވަނީ އޭނާ ކުރައްވާ ސިޔާސީ ޓްވީޓުތަކާ ހެދި ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބޭ ކަމަށެވެ.

އޭގެ އިތުރުން ސިޔާސީ ކޮމެންޓެއް ކަމަށް ބެލެވިދާނެ ކޮންމެ ޓްވީޓެއް ކުރައްވަނީ އަމިއްލަ ހައިސިއްޔަތުން ކަން ފާހަގަ ނުކުރައްވާނަމަ އެކަން ބެލެވޭނީ ގައުމީ ޔުނިވާސިޓީގެ ކައުންސިލުން އަމަލު ކުރަމުން ގެންދާ ކޮލެޖް ކައުންސިލްގެ މާއްދާތަކާ ހިލާފުވީ ކަމަށެވެ.

އެކަމާ ގުޅިގެން އިޔާޒް ވިދާޅުވީ ވަޒީފާއިން ވަކި ކޮށްފާނެ ކަމުގެ ބިރު ދައްކައިގެން އޭނާ ކުރައްވާ މަސައްކަތްތައް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.

މީގެ ކުރިންވެސް ޔުނިވާސިޓީއިން ވަނީ ޑރ. އިޔާޒަށް، އޭނާގެ ޓްވީޓުތަކާ ހެދި ނަސޭހަތް ދީފައެވެ. ނަމަވެސް އޭރު ނަސޭހަތް ދީފައި ވަނީ އަނގަބަހުންނެވެ.