ހަނދުގެ ސަތަހައިން ހިލަޔާއި ވެލި ނެގުމަށް ޗައިނާއިން ކުރިއަށް ގެންދިޔަ މިޝަން ނިންމާލުމަށް ފަހު، ޖައްވީ އުޅަނދު "ޗަންގީ-5" ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ.

ހަނދުން ސާމްޕަލް ހިފައިގެން ދަތުރު ކުރި "ޗަންގީ-5" ޖައްސާފައި ވަނީ އިނާ މޮންގޯލިއާއޭ ކިއުނު ސަރަހައްދުގައި، ރޭގެ ވަގުތެއްގައެވެ.

ހަނދުން ސާމްޕަލް ނަގައިގެން ޗައިނާގެ ޗަންގީ-5 ދުނިޔެއަށް އެތެރެ ވަނީ / ފޮޓޯ: ސީއެންއެސްއޭ

ހަނދުން ހިލަޔާއި ވެލީގެ ސާމްޕަލް، ދުނިޔޭގެ ބިމުގެ ސަތަހައަށް ގެނސްފައި މިވަނީ، ފާއިތުވީ 40 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށެވެ. ހަނދުގެ ސަތަހައިން މިފަދަ ސާމްޕަލެއް އެންމެ ފުރަތަމަ ގެނައީ އެމެރިކާގެ "އެޕޯލޯ" މިޝަންއިންނެވެ. އެއަށްފަހު ކުރީގެ ސޯވިއެޓް ޔޫނިއަން (މިހާރުގެ ރަޝިއާ)ގެ "ލޫނާ" މިޝަންއިންވެ.

ހަނދުން ސާމްޕަލް ނެގުމަށް "ޗަންގީ-5" އުދުއްސާލީ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. މި މިޝަންގައި، ޗައިނާއިން ވަނީ ހަނދުގައި އެ ގައުމުގެ ދިދަވެސް ޖަހާފައެވެ.

"ޗަންގީ-5" މިޝަންއިން ހަނދުން ސާމްޕަލް ނެގީ ހަނދުގެ ބޭރު ފަށަލަ ތޮރުފައިގެންނެވެ. އެހެންކަމުން، މި ސާމްޕަލްގައި އެކުލެވޭ ކުނޑިއަކީ، ސޯވިއެޓުން ގެނައި ސާމްޕަލްގައި ވާ ކުނޑިއަށް ވުރެ އެތައް ބިލިއަން އަހަރެއް ހަގު ކުނޑިތަކަކަށް ވެދާނެ ކަމަށް ބުނެވެއެވެ.

40 އަހަރަށް ފަހުން ހަނދުން ސާމްޕަލް ނަގައިގެން އައި ޗައިނާގެ ޗަންގީ-5 ކައިރީގައި ޗައިނާގެ ޓީމުން ހަރަކާތްތެރިވަނީ / ފޮޓޯ: ޝަޓާސްޓޮކް

ޗައިނާގެ ޖައްވީ އުޅަނދުން، 2 ކިލޯގްރާމްގެ ސާމްޕަލް ނަގާނެ ކަމަށް ކުރިން މައުލޫމާތު ލިބިފައެވެ. މި ސާމްޕަލް ނެގުމަށް ތާވަލު ކުރީ، މިހާތަނަށް އެއްވެސް ގައުމަކުން ދަތުރު ކޮށްފައި ނުވާ "އޯޝަން އޮފް ސްޓޯމްސް" އޭ ކިއުނު ސަރަހައްދުންނެވެ.

އެމެރިކާގެ

1976 ވަނަ އަހަރުގެ މިޝަންއިން 170 ގްރާމްގެ ސާމްޕަލް ގެނައިއިރު، އިންސާނުން ހަނދަށް ކުރި ފުރަތަމަ ދަތުރު ކަމަށް ބުނާ އެޕޯލޯ މިޝަންގައި 382 ކިލޯގްރާމްގެ ހިލައާއި ވެލި ގެނައި ކަމަށްވެއެވެ.

"ޗަންގީ-5" އިން ނެގި ސާމްޕަލް ބަލާނީ، އެކަމަށް ހާއްސަ ލެބޯޓްރީއެއްގައެވެ.