އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގާ ރީލޮކޭޝަން ސްކީންގެ އިހުތިސޯސް އިތުރަށް ފުޅާ ކުރުމާއެކު، އަފްގާނިސްތާނުގެ ހަނގުރާމާގައި އިނގިރޭސި އަސްކަރިއްޔާއަށް އެހީތެރިވުމަށް ތަރުޖަމާނުންގެ ގޮތުގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކަށް، އިނގިރޭސިވިލާތުގައި ވަޒަންވެރިވާނެ މަގު ތަނަވަސްވެއްޖެވެ.

2013 ވަނަ އަހަރު އިނގިރޭސިވިލާތުން މި ސްކީމް ތައާރަފު ކުރި ހިސާބުންވެސް 450 އެއްހާ ތަރުޖަމާނުންނާ އެމީހުންގެ އާއިލާތަކުން ވަނީ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ. ނަމަވެސް، އޭރު އޮތް އޮނިގަނޑަށް ޝަރުތު ހަމަ ނުވާ ތަރުޖަމާނުންނާ އެމީހުންގެ އާއިލާތައް އަފްގާނިސްތާނުގައި މަޑުކުރިއެވެ. އޭރު ޝަރުތު ހަމަނުވި ބައެއް ތަރުޖަމާނުން ވަނީ، ތޯލިބާނުންގެ ފަރާތުން ހަމަލާ އަމާޒުވާ ކަމުގެ ޝަކުވާ އުފުލާފައެވެ.

ކުރިން ގަވައިދު ހަމަޖެހިފައި އޮތް ގޮތުން، އިނގިރޭސިވިލާތަށް ބަދަލުވުމުގެ ފުރުސަތު އޮންނަނީ އިނގިރޭސި އަސްކަރިއްޔާއާއިއެކު ފްރަންޓްލައިންގައި 1 އަހަރު ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް މަސައްކަތް ކުރުމަށްފަހު، ވަޒީފާއިން ވަކިކޮށްފައިވާ ތަރުޖަމަނާނުންނަށެވެ. އެހެންކަމުން، ގިނަ އަދަދެއްގެ ބަޔަކަށް، މި ފުރުސަތު ގެއްލުނެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު އިނގިރޭސިން ހެލްމަންދް ޕްރޮވިންސުން ފޭބިއިރު ތަރުޖަމާނުންގެ ގޮތުގައި މަސައްކަތް ކުރި މީހުން ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް ސެކްރެޓަރީ ބެން ވޮލަސް ވިދާޅުވީ އިނގިރޭސިވިލާތުގައި ވަޒަންވެރިވެވޭ ގޮތަށް އޮތް ރީލޮކޭޝަން ސްކީމް ފުޅާ ކުރުމަކީ ގަދަރުވެރި ކަމެއް ކަމަށެވެ.

އަލަށް ގެނައި ބަދަލު ބުނާ ގޮތުގައި މެއި 2006 އިން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ދެމެދު ހޭދަވީ މުއްދަތުގައި އެންމެ މަދުވެގެން 18 މަސްދުވަހު ތަރުޖަމާޏުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނަށް މި ސްކީމްގައި ބައިވެރިވެއެވެ.

ވޮލަސްގެ އިތުރުން ދާހިލީ ވަޒީރު ޕްރިޓީ ޕަޓޭލް މިކަން އިއުލާން ކުރެއްވީ، އަފްގާނިސްތާނުގައި ގާއިމުވުމަށް އިނގިރޭސިވިލާތުން ދަތުރުކުރާ އަސްކަރީ ފައުޖުތަކާއެކު އިނގިރޭސިވިލާތުގައި މިހާރު މަސައްކަތް ކުރަމުންދާ އަފްގާނިސްތާނުގެ ތަރުޖަމާނުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައެވެ.

ވޮލަސް ވިދާޅުވީ، ގަވައިދަށް ގެނެވުނު ބަދަލަކީ ތަރުޖަމާނުން އަދާކުރާ ބުރަ މަސައްކަތަށް ޝުކުރާ އަދާކުރުން ކަމަށެވެ.

އަލަށް ގެނައި ބަދަލާއެކުވެސް އިނގިރޭސިވިލާތުން ޖާގަ ނުލިބޭ ތަރުޖަމާނުން އެ ބަތިއްބެވެ. އެ ގޮތުން 3 ވަނަ ގައުމަކަށް ފިލި މީހުންނަށްވެސް އަފްގާނިސްތާނުން ރަށްވެހިކަމާ ހިމާޔަތެއް ނުދެއެވެ.