ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.
ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލު މިދިޔަ މަހުގެ 20 ވަނަ ދުވަހު މަޖިލީހަށް ބަލައިގަނެފައި ވާއިރު އެ ބިލު ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައެވެ.
މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީއަށް މެއިލް ކުރުން ނުވަތަ މަޖިލީހަށް ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.
މީކާއީލް ހުށަހަޅުއްވާފައި ވަނީ ޖިންސީ ކުށުގެ ގާނޫނުން ތިން އަކުރެއް އުނިކުރުމަށެވެ. އެއީ އޭނާ ހުށަހެޅުއްވީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށެވެ. އެ މާއްދާގައި އޮތީ ޖިންސީ ކުށާ ގުޅޭ ތުހުމަތު ނުވަތަ ދައުވާ ނަފީ ކުރެވޭނެ ހެކިތަކެއް ކަމަށް ބަލާނެ ކަންތައްތަކެވެ.
ބިލު ހުށަހެޅުއްވި މަގުސަދެއް ކަމަށް އޭނާ ވިދާޅުވީ އެ މާއްދާގައި ބުނެފައިވާ އެވާ ކަންތައްތަކާއި ޝިކާރައަކަށްވީ މީހާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކިތަކެއް ކަމަށެވެ. އެގޮތަށް އޮތުމުން ޖިންސީ ކުށްތަކަށް އަރައިގަންނަ މީހުން ފަސޭހައިން ދޫވާ ކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި އޮތީ ޖިންސީ ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ ނަފުުސުގެ އަބުރުވެރިކަމާއި އަހުލާގާ ގުޅުން ހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު އެފަދަ ކުށެއް ހިންގި ކަމަށް ބުނެ ދޮގު ހެކި ދީފާނެ ކަމަށް ކޯޓަަށް ގަބޫލުކުރެވުމެވެ. (ރ) ގައި އޮތީ ތުހުމަތު ކުރެވޭ ކުށް އެގޮތަށް ހިނގައިފައި ވުމަށް ވުރެ ބޮޑަށް އެ އެކަން އެގޮތަށް ހިނގާފައި ނުވާނެކަމަށް ބެލެވޭނެ ހާލަތެއް ކޯޓަށް ފާހަގަވުމެވެ. އަދި އެ މާއްދާގެ (ބ) ގައި އޮތީ ކުށުގެ ޝިކާރައަކަށްވީ ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ދެމެދު އޮތް ގުޅުމާއި އެދެމެދުގައި ކުރެވޭ މުއާމަލާތްތަކެއްގެ ސަބަބުން ކުށަށް މަގުފަހިވެދާނެ ހާލަތެއް އޮވެދާނެ ކަން ކޯޓަށް ގަބޫލު ނުކުރެވުމެވެ.
ކީކޭ ދެން ބުނާނީ. ތިތަނުގައި އެޑިޓަރުން ނުތިބެނީތަ؟ މަޖިލީހުން ހިޔާލު ހޯދަން ހުށަހެޅީ މީކާއިލްގެ ބިލަކަށް ނޫން. ހިސާން ހުސައިން ހުށަހެޅީ ރޭޕް އެވިޑެންސް ކިޓު ބޭނުން ކުރަން ލާޒިމް ކުރާ އިސްލާހަށް. ފުކެއް ބޮޑުވަރު ދެންތީ. އެކަމަކު ކަލޭ މެން ތިއީ ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ތިބޭ މީހުން. ނޫސްވެރިޔާ ރޯ ނުބައިކޮށް ރައްޔިތުންނަށް އޮޅުން ފިލުވައިދީފަ އޮތަސް އެޑިޓަރު ޕަބްލިޝް ކޮށްލާއިރު ކޮންމެވެސް ވަރަކަށް ބަލާލަން ރަނގަޅު ކަންނޭނގެ.
ބަލަ މަުއުސޫމޫ ބަލާބަލަ ލިޔެފަ އޮތް އެއްޗެއް ފުރަތަމަ. ދެން ބަލާބަލަ މަޖިލީހުގަ ވާ ގޮތާ ވަމުން ދާގޮތް. އަންނި ބިޓު ހިސާނު ހުށަހެށި އިސްލާހާ މީކާލު ހުށަހެޅި އިސްލާހަކީ ދޭއްޗެއް. ވާނުވާ ނުބަލާ ބުރާންތިކައިފަ ހުރެގެން ކޮމެންޓް ކުރިއަކަސް ނުވާނެ