މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓު ކުރެވޭނެ ޑިވައިސްއެއް އުފެއްދުމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އޭޕެކްސް ނޭޝަނަލް އިންވެސްޓްމަންޓްއާއި އިސްރާއީލުގެ ޓެރާ ގުރޫޕާ ދެމެދު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް، ޔޫއޭއީގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

މި އެއްބަސްވުމަކީ "އިސްތިރާޖީ ވިޔަފާރީގެ އެއްބަސްވުމެއް" ކަމަށާ، މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އަބޫދާބީގައި ކަމަށް ޚަބަރު ލިބެއެވެ.

މިއީ އިސްރާއީލާ ޔޫއޭއާއި ދެމެދު ވިޔަފާރިއާއި އިގުތިސޯދީ ރޮނގުން ކުރާ ގުޅުން ބަދަހިކޮށް، އިންސާނިއްޔަތަށް ފައިދާ ކުރަނިވި ރޮނގަކުން ކޮވިޑް-19އާ ގުޅޭ ދިރާސާތައް ވަރުގަދަ ކުރުމަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށް އޭޕެކްސް ނޭޝަނަލް އިންވެސްޓްމަންޓްގެ ޗެއާމަން ޚަލީފާ ޔޫސުފް ޚޫރީ ވަނީ ވިދާޅުވެފައެވެ.

މިއީ އިސްރާއީލާ އެކު ޑިޕްލޮމެޓިކް ގުޅުން ބަދަހިކޮށް ފުޅާ ކުރުމަށް ޔުއޭއީން މިދިޔަ ބުރާސްފަތި ދުވަހު އެއްބަސްވުމަކަށް އައިފަހުން ކުރިއަށް ގެންދިއުމަށް އިއުލާން ކުރި ފުރަތަމަ މަޝްރޫއުވެސްމެއެވެ.