މީގެ 30 އަހަރު ކުރިން މަރާލާފައިވާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުމާއެކު، ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން މަރުގެ ތަހުގީގީ މައްސަލައެއް ބަލަން ފަށައިފިއެވެ.

މި ހަށިގަނޑު ފެނިފައިވަނީ 41.2 މިލިއަން ޑޮލަރަށް ވިއްކާލި ބޮޑު ހަވޭއްޔެއްގެ އާބާތުރަ ފިލުވުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ހަވޭލީގެ ބިންގަރާހަށް ވާ ގޮތަށް އޮތް ސަރަހައްދުން ކަމަށް ޚަބަރު ލިބެއެވެ.

ޕްރައިވެޓް ކޯޓްޔާޑާ ބަގީޗާތަކާއެކު ބިނާ ކޮށްފައިވާ މި ހަވޭލި ހުންނަނީ ވެރިރަށް ޕެރިހުގެ އެންމެ އަގުހުރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސެވަންތް ޑިސްޓްރިކްޓްގައެވެ. ގަބުރު ފެނުނު އިމާރަތުގެ ތާރީހަށް ބަލާއިރު، އެއީ އެކި ދުވަސްވަރު ގިނަ ބަޔަކު އުޅުނު ތަނެކެވެ. އޭގެ ތެރޭގައި މަޝްހޫރު މީހުންވެސް ހިމެނެއެވެ.

30 އަހަރު ކުރިން މަރާލި ކަމަށް ބެލެވޭ މީހެއްގެ ގަބުރު ފެނުނު ހަވޭލި/ފޮޓޯ: ސީއެންއެން

މީލާދީން 18 ވަނަ ގަރުނުގެ މެދަކާ ހިސާބަށް ފަހު މި ހަވޭލީގައި އެއްވެސް މީހަކު ދިރިއުޅެފައެއް ނުވެއެވެ. 35.1 މިލިއަން ޔޫރޯއަށް މި ތަން ވިއްކާލީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން، އިމާރާތުގެ ބިންގަރާހުން ގަބުރެއްގެ ހަށިގަނޑު ފެނުނީ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.

ޚަބަރު ލިބޭ ގޮތުގައި މަރާލާފައި އޮއްވާ ފެނިފައިވަނީ ފިރިހެނެއްގެ ހަށިގަނޑެވެ.