ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިއަދު ރަނގަޅުވި 5 މީހުންގެ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ. މިއަދު ރަނގަޅުވި 5 މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނ 109 އަށް އަރާފައެވެ.

މިއަދު 5 މީހަކު ރަނގަޅު ވި އިރު މިއަދު ވަނީ 58 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 40 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ ބަންގްލަދޭޝްގެ 39 މީހަކާއި އިންޑިއާ މީހެކެވެ.

މި އަދަދާ އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓި ވްވި މީހުންގެ އަދަދު ވަނީ 1274 މީހުންނަށް އިތުރު ވެފައެވެ. އަދި މިވަގުތު 1164 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.