އައިޖީއެމްއެޗަށް ވިހަން ވައްދާފައި އޮތް މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަން އެނގިއްޖެއެވެެ. މިއަދު ޕޮޒިޓިވް ވި މިހުންގެ ތެރޭގައި ހިމެނޭ މި މީހާ ޕޮޒިޓިވް ކަން އެނގުނީ ވިހަން ބާއްވާއިފައި އޮއްވާ ބަލީގެ އަލާމާތްތައް ފެނި ޓެސްޓް ކުރުމުންނެވެ.

މިއީ ދުވަސް ފުރާ ވިހަން ކައިރިވެފައި ހުރި މީހަކު ޕޮަޒިޓިވްކަން އެނގުނު ފުރަތަމަ ފަހަރެވެ. އޭނާ ޕޮޒިޓިވް ވި ކަން އެނގުނު ނަމަވެސް އޭނާ ކޮންޓެކްތް ވި ގޮތެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. އެޗްޕީއޭއާއި އައިޖީއެޗުން އެފަދަ މައުލޫމާތެއް ހިއްސާއެއް ނުކުރިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމީހާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ޓްރީޓޮޕަކީ މިހާރު ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަމަޖައްސާފައިވާ ހޮސްޕިޓަލެކެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ޓްރީޓޮޕް ބޭނުން ކުރަން ހަމަޖައްސާފައި ވަނީ ފިޔަވަހި ތަކަކަށެވެ. ފުރަތަމަ ފިޔަވަހީގައި ބޭނުން ކުރާނީ އައިސީޔޫ 15 އެނދާއި، އާންމު އެނދުގެ 30 އެނދުގެ އިތުރުން އެ ހޮސްޕިޓަލުގެ މުވައްޒަފުން ބޭނުން ކުރާނެއެވެ. ދެވަނަ މަރުހަލާއަކަށް ދާން ޖެހިއްޖެ ނަމަ، ސަރުކާރުގެ ވަސީލަތްތަކާއެކު އައިސީޔޫ 30 އެނދާއި، އާންމު އެނދުގެ 60 އެނދެވެ. 3 ވަނަ ފޭސް އެއްގައި ބޭނުން ކުރަނީ އައިސީޔޫ އެނދުގެ 60 އެނދާއި، އާންމު އެނދުގެ 60 އެނދެވެ. ފޭސް 4 އަށް ދާން ޖެހިއްޖެ ނަމަ އައިސީޔޫ އެނދުގެ 100 އެނދާއި އާންމުއ އެނދުގެ 40 އެނދެވެ.

އޭނާ ޓްރީޓޮޕަށް ބަދަލު ކުރި އިރު މިއަދު 8 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރި ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހުން ދުވަހަކަށް އިތުރު ވަމުން ދާއިރު ކުރިއަށް އޮތް 2 ހަފްތާއެއްގެ ތެރޭގައި ޕޮޒިޓިވް ވާ އަދަދު އިންތިހާއަށް މައްޗަށް އަރައިގެން ދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ލަފާކޮށް އެކަން ވަނީ އިއުލާނު ކޮށްފައެވެ.