ކޮވިޑް19 އަށް ޝައްކު ކުރެވިގެން އޮބްލޫ-ސަންގެލި ރިސޯޓުން ޓެސްޓުކުރި ދެ ބިދޭސީން އެ ވައިރަހަށް ނެގެޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަންގެލި ރިސޯޓުން ދެ މީހަކު ޝައްކުވެގެން ޓެސްޓު ކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރީ އިއްޔެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ސަންގެލި ރިސޯޓުން ޝައްކުވެގެން ކޮވިޑް19 އަށް ޝައްކު ކުރެވުނު ދެ މީހުންވެސް އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ އެ ދެ މީހުންވެސް ކޮވިޑް19 އަށް ނެގެޓިވް ވުމުން އެ ރިސޯޓު މިހާރު މިނިޓަރިން އިން ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 އަށް ޖުމްލަ 9 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ މުޅި ދެކުނު އޭޝިއާގައިވެސް ތިންވަނައަށް އެންމެ ގިނައިން ކޮވިޑް19 އަށް މީހުން ޕޮޒިޓިވްވި ގައުމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑް19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެއާއެކު އިއްޔެ ރާއްޖެއިން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާން ކޮށްފައެވެ.