ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭއިން ހުޅުމާލެއަށް ފައިބާ ހިސާބުގައިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ހެނދުނު10:20 އެހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ. އެހެންނަމަވެސް އަންހެން މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސިނަމާލެ ބްރިޖަކީ ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓު ހިނގާ ތަނެކެވެ. ބައެއް އެކްސިޑެންޓުތަކުގައި އެކިވަރުގެ އަނިޔާތައް މީހުންނަށް ލިބިފައިވާއިރު މިިދިޔަ އަހަރު އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކުޑަ އަންހެން ކުއްޖަކު ވަނީ މަރުވެސް ވެފައެވެ.