މެދުރާއްޖެތެރޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭ ރަށެއްގައި އުމުރުން 37 އަހަރުގެ ފިރިހެނަކު 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަަތަކާއި ކުދިން ރޭޕް ކުރާ މައްސަލަަތައް މިދުވަސްކޮޅު މިއަންނަނީ ފެންމަތިވަމުންނެވެ. މި ފަދަ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތައް ގިނަވަމުން ދާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން މިރޭ މެދުރާޖެތެރޭގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖެއް ގުރޫޕަކުން ރޭޕް ކުރި މައްސަަލައިގައި މިއަދު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.