ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިޒާމް ޒާހިރު ހޯދާތާ އަހަރެއްވީ ފަހުން އޭނާ އަމިއްލައަށް މިއަދު ފުލުހަށް ހާޒިރުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ އިޒާމް ޒާހިރު، ގދ. ވާދޫ، ސަބާހާ މަންޒިލް، ވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި 9 ފަހަރެއްގެ މަތިން ހޯދުމަސް ވަނީ އިއުލާންކޮށްފައެވެ. އޭނާ ހޯދުމަށް އިއުލާން ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ކުރިއަށް ގެންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެފައި ވީ ނަމަވެސް އެއީ ކޮން މައްލައަކަާ ގުޅިގެން ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެގޮތުން ނުވަ ފަހަރު ހޯދަން އިއުލާން ކޮށްފައިވާ މީހެއް ކަމަށް ބުނެ ނޫސްތަކުގައި މި މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެއާއެކު މިއަދު އިޒާމް ވަނީ އަމިއްލައަށް ފުލުހަށް ހާޒިރުވެފައި ކަމަށް ފުލުހުން ބުެނއެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު 30 ވަނަ ދުވަހަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހޯދަމުންދާ މައްސަލަ ފުލުހުން ހާމަނުކުރި ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އިޒާމް ހޯދަމުން ދަނީ ރޭޕްގެ މައްސަލައަކާ ގުޅިގެންނެވެ.