ތ. މަޑިފުށީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން މަޑިފުށީގެ ރައްޔިތުން ދަނީ ހަވީރުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ތ. މަޑިފުށީގައި އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވެނީ 63 އަހަރުގެ ދިވެހި ފިރިހެނެއްޖެ މައްޗަށް ކަމަށާއި އޭނާ މިހާރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.