ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް ކުރާ ޓެކްސީ ދަތުރުތަކަށް ގިނަވެގެން ނެގޭނީ 5 ރުފިޔާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަކީ މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަަކަށް -/25 ރުފިޔާ އެވެ. އަދި މާލެއިން ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް، ހުޅުލެއިން މާލެއަށް ދަތުރެއްގެ އަގު -/60 ރުފިޔާ އަށެވެ. އަދި ހުޅުމާލެއިން ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ، ހުޅުލެއިން ހުޅުމާލެއަށް ދަތުރެއްގެ އަގު -/60 ރުފިޔާ އަށެވެ. އަދި މާލެއިން ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާގެ ރޭޓުން ނަގާއިރު، ހުޅުމާލެއިން މާލެއަށް ދަތުރެއްގެ އަގު -/75 ރުފިޔާގެ ރޭޓުން ނެގުމަށް ޓްރާންސްޕޯޓް މިނިސްޓްރީންވަނީ ކަނޑައަޅާފަ އެވެ. އަދި ޓެކްސީ ދަތުރުގެ އަގުތައް ކުޑަ ކުރުމުގެ ސަބަބުން ޓެކްސީ ޑްރައިވަރންނާއި ސެންޓަރުތަކުންވަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީތަކުގެ އަގު ކަނޑައެޅީ، މާލެ ސަރަހައްދުގައި ޓެކްސީގެ ހިދްމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ހިދްމަތް ދެވޭނެގޮތް ހަމަޖެއްސުމަށް ކަމަށެވެ.