14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދާކަމަށާ، އެ ކުއްޖާ ގެއްލިގެން ހޯދަމުން ދާތާ ދެ ދުވަސް ވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ދަފްތަރު ނަންބަރު ރސ 2997 ކަމަށެވެ.

ޝައިމް އަބްދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ޖޫން މަހުގެ 18 ވަަނަ ދުވަހު 9:29 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝައިމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅާ ހިއްސާ ކޮށްދިނުމަށް ފުލުހުން އެދެފައިވެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަ ކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.