ލ. ގަމު މުކުރިމަގުގައި ހުންނަ ރިކޯ މޫސަގެ އެމްއޯ ހޮޓަލުގެ ވޭން ވަގަށް ނަގައިގެން ގެންގޮސް ރޯކޮށްލައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހޮޓަލުގެ ވޭނުގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓުކޮށްފައި ވަނީ ރޭ 21:15 ހާއިރުކަމަށާ އެ ވޭނުގައި ރޯކޮށްލާފައި ވަނީ ވަގަށް ނަގައިގެން ގޮސް ކަމަށް ފުލުހުން މައުލުމާތު ދެއެވެ.
ފުލުހުން ބުނީ ވޭނުގައި ރޯކޮށްލާފައި ވަނީ މުކުރިމަގު ހަތްތެއްޔާ ދިމާ އިރުމަތީ ފަރާތު އަތިރިމައްޗަށް ގެންގޮސްގެން ކަމަށެވެ.
މި ހާދިސާ ގައި އެ ހޮޓަލުގެ ވޭން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުުން ބުނީ މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.