ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ސަސްޕެންޝަން މުރާޖާ ކޮށްދިނުމަށް އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ނިންމާފައިވާ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދިވަޑައިގެންފިއެވެ.
ހަސަން ސައީދުގެ ފަރާތުން ސަސްޕެންޝަން މުރާޖާ ކޮށްދިނުމަށް އެދި ޖޭއެސްސީ އަށް ސިޓީއެއް ހުށަހަޅުއްވާފައި ވަނީ ގާނޫނީ ވަކީލު އަބްދުއްސަލާމް އާރިފްއެވެ.
އެ ސިޓީގައި ވާގޮތުން ހަސަން ސައީދު ސަސްޕެންޑު ކޮށްފައިވަނީ މިދިޔަ މަހު އޭނާގެ މައްސަލަ ރިވިއު ކުރުމަށް އެދިފައި ވަނިކޮށެވެ. އަދި އަލަށް އައްޔަން ކުރެވުނު މެންބަރުންނަށް ރައްދު ކުރުމެއްނެތި، ރިވިއު ކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމެއް ނެތި އޭނާ ސަސްޕެންޑް ކޮށްފައިވާތީ، ސިޓީއަ ގުޅޭ ގޮތުން ޖޭއެސްސީ އިން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ އެޖެންޑާ ކޮށްދިނުމަށް ވަނީ ހަސަން ސައީދު އެދިވަޑައިގެންފައެވެ.
އަދި އޭނާ އާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ޖޭއެސްސީ ކޮމިޝަނުގެ ގާނޫނުގައި ވާގޮތުގެ މަތީން އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.